މި ޚިދުމަތަކީ ރަށްން އެކިއެކި ފަރާތްތަށް ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ އިން ވަކިކޮށް ދިނުމާއި، ގޯތީގެ ވަށާފާރު ފައުންޑޭޝަންގެ މިންތައް ޗެކްކޮށް ދިނުމުގެ ގޮތުން ފޯރުކޮށް ދެވޭ ޚިދުމަތެކެވެ.
ޕްރޮސެސް ކުރުމައް ނަގާނީ
3 ދުވަސް
ފޯމު ފުރުމަށް ނަގާނެ ކެމަށް ބެލެވެނީ
5 މިނިޓް
ހާލަތު
އެޕްލައި ކުރެވޭނެ
ބޭނުންވާ މައުލޫމާތާއި ލިޔުންތައް އޮޅުންފިލުވާލައްވާ!
ފޯމް ފުރުމަށްފަހު ހުށަހަޅުއްވާ
އެޕްލިކޭޝަންގެ އަދާހަމަ ބައްލަވާ
ފެށުމަށް
އެޕްލައި ކުރެއްވުމައް ތިރީގައިވާ ހުށަހަޅާ އަށް ކްލިކްކުރައްވާ އަދި ފޯމް ފުރާލެއްވުމަށްފަހު ފޮނުވާ
ރައްކާތެރި އޮންލައިން މަރުހަލާ
ރައްކާތެރިކަމާއިއެކު އެޕްލިކޭޝަންގެ އަދާހަމަ ބެއްލެވުމާއި ފައިސާދެއްކުމަށް
މި ޚިދުމަތަކީ ހޯރަފުށިން އެކިއެކި ފަރާތްތަށް ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ އިން ވަކިކޮށް ދިނުމާއި، ގޯތީގެ ވަށާފާރު ފައުންޑޭޝަންގެ މިންތައް ޗެކްކޮށް ދިނުމުގެ ގޮތުން ފޯރުކޮށް ދެވޭ ޚިދުމަތެކެވެ.
ހުއްދައަށް އެދެވޭނެ ފަރާތްތައް
ހޯރަފުށިން ގޯތި / ބިމެއް ލިބިފައިވާ ކޮންމެ ފަރާތެއް
ހޯރަފުށިން ގޯތި / ބިމެއް ލިބިފައިވާ ކޮންމެ ފަރާތެއްގެ ބަދަލުގައި އެފަރާތަކުން ހަމަޖައްސާ ހުއްދަ ދީފައިވާ ކޮންމެ ފަރާތެއް.
އީފފާސް މެދުވެރިކޮށް ޚިދުމަތުގެ ޕޯޓަލްއަށް ވަދެވޭނެއެވެ.
ޚިދުމަތްތަކުގެ މެނޫއިން ލިބެންހުރި ފޯމުތަކުގެ ތެރެއިން "ގޯތީގެ ފައުންޑޭޝަން ޗެކްކުރުމާއި، އިންވަކިކޮށް ދިނުމަށް އެދޭ ފޯމް" އިޚްތިޔާރުކުރާށެވެ.
ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވާށެވެ.
ކަމާގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެޓޭޗްކުރާށެވެ (ތިރީގައިވާ ލިސްޓު ބައްލަވާ). ޚިދުމަތް އަވަސް ކުރުމަށްޓަކައި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރާށެވެ.
ތިބާގެ އެޕްލިކޭޝަން ހުށަހަޅާށެވެ. އީމެއިލް އަދި ޕޯޓަލްގެ އެންގުންތައް މެދުވެރިކޮށް އަޕްޑޭޓްތައް ލިބޭނެއެވެ.6.
ހުއްދަ ލިބުމުގެ ކުރިން ފައިސާ ދައްކަންވާނެއެވެ.
ފާސްވުމުން، ތިބާގެ އެދިލައްވާފައިވާ ޚިދުމަތް ފޯރުކޮށް ދިނުމަށް ކައުންސިލްގެ ފަރާތުން ޙާޟިރުވާނެ ތާރީޚާއި ގަޑި މި ޕޯޓަށް މެދުވެރިކޮށް އެންގޭނެއެވެ.
އަންނަނިވި ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓުގައި (ޕީޑީއެފް ނުވަތަ ޖޭޕެގް) ތައްޔާރުކޮށްފައި ހުރިކަން ކަށަވަރުކުރައްވާ:
ގޯތި / ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
ޚިދުމަތަށް އެދޭ ފަރާތުގެ / ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ