މި ޚިދުމަތަކީ ރަށުގައި ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށްޓަކައި އެކަށައަޅާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ މަޢުލޫމާތުތަކާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ދޫކުރެވޭ ހުއްދައިގާ ބަޔާންކޮށްފައިވާ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.
ޕްރޮސެސް ކުރުމައް ނަގާނީ
1 ދުވަސް
ފޯމު ފުރުމަށް ނަގާނެ ކެމަށް ބެލެވެނީ
5 މިނިޓް
ހާލަތު
އެޕްލައި ކުރެވޭނެ
ބޭނުންވާ މައުލޫމާތާއި ލިޔުންތައް އޮޅުންފިލުވާލައްވާ!
ފޯމް ފުރުމަށްފަހު ހުށަހަޅުއްވާ
އެޕްލިކޭޝަންގެ އަދާހަމަ ބައްލަވާ
ފެށުމަށް
އެޕްލައި ކުރެއްވުމައް ތިރީގައިވާ ހުށަހަޅާ އަށް ކްލިކްކުރައްވާ އަދި ފޯމް ފުރާލެއްވުމަށްފަހު ފޮނުވާ
ރައްކާތެރި އޮންލައިން މަރުހަލާ
ރައްކާތެރިކަމާއިއެކު އެޕްލިކޭޝަންގެ އަދާހަމަ ބެއްލެވުމާއި ފައިސާދެއްކުމަށް
މި ޚިދުމަތަކީ ހޯރަފުށީގެ ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށްޓަކައި އެކަށައަޅާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ މަޢުލޫމާތުތަކާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ދޫކުރެވޭ ހުއްދައިގާ ބަޔާންކޮށްފައިވާ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.
ހުއްދައަށް އެދެވޭނެ ފަރާތްތައް
ކުންފުނިތައް
ފަރުދުންގެ ވިޔަފާރިތައް
ޕާޓްނަރޝިޕް ވިޔަފާރި
ކޯޕަރޭޓިވް ސޮސައިޓީ
އީފފާސް މެދުވެރިކޮށް ޚިދުމަތުގެ ޕޯޓަލްއަށް ވަދެވޭނެއެވެ.
ޚިދުމަތްތަކުގެ މެނޫއިން ލިބެންހުރި ފޯމުތަކުގެ ތެރެއިން " ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދައަށް އެދޭ ފޯމް" އިޚްތިޔާރުކުރާށެވެ.
ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވާށެވެ.
ކަމާގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެޓޭޗްކުރާށެވެ (ތިރީގައިވާ ލިސްޓު ބައްލަވާ). ޚިދުމަތް އަވަސް ކުރުމަށްޓަކައި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރާށެވެ.
ތިބާގެ އެޕްލިކޭޝަން ހުށަހަޅާށެވެ. އީމެއިލް އަދި ޕޯޓަލްގެ އެންގުންތައް މެދުވެރިކޮށް އަޕްޑޭޓްތައް ލިބޭނެއެވެ.
ހުއްދަ ލިބުމުގެ ކުރިން ފައިސާ ދައްކަންވާނެއެވެ.
ފާސްވުމުން، ތިބާގެ ހުއްދަ ޑިޖިޓަލްކޮށް ދޫކުރެވޭނެއެވެ އަދި ތިބާގެ ޑޭޝްބޯޑުން ޑައުންލޯޑްކުރެވޭނެއެވެ.
އަންނަނިވި ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓުގައި (ޕީޑީއެފް ނުވަތަ ޖޭޕެގް) ތައްޔާރުކޮށްފައި ހުރިކަން ކަށަވަރުކުރައްވާ:
ވިޔަފާރި ހުއްދަ
ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ